ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ:

އިޢުލާން

2025 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ:

2025 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ ދޫކުރުން 2026 ޖަނަވަރީ 22 ވަނަ ދުވަހު ހެނދުނު 09:00 އިން ފެށިގެން ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. އަދި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ދުރުވާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2026 ޖަނަވަރީ 29 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުން އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ސެންޓަރުތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

20 ޖަނަވަރީ 2026
ހޯދާ