ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން

މަރާމާތު ކުރުން

މި މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަރާމާތުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7847249 ނަންބަރު ފޯނާއެވެ. މި މަރުކަޒުގެ ނަންބަރު GS24/IUL/2015/45ފ(19 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތާރީޚު: 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަސް

ތާރީޚު: 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަސް

ގަޑި: ހެނދުނު 11:30

ގަޑި: ހެނދުނު 11:30

ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް

ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް

13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ