އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފަޅުތެރެއަށް ދޫކޮށްފައިވާ އަޒުމް ދޯނި އާއި ގުޅޭ

އިޢުލާން

 

ފަޅުތެރެއަށް ދޫކޮށްފައިވާ އަޒުމް ދޯނި އާއި ގުޅޭ:

              މިއަވަށުގެ ފަޅުތެރެއަށް ދޫކޮށްފައިވާތާ ގިނަ އަހަރުވެފައިފައިވާ "އަޒުމް" ދޯނީގެ ވެރި ފަރާތް ހޯދުމަށް ބޭނުންވެއެވެ. މި ދޯނީގެ ވެރިފަރާތެއް ވާނަމަ މިއަދުން (20 ޖަނަވަރީ 2026) ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިއޮފީހަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތު ތެރޭގައި ދޯނީގެ ވެރިފަރާތެއް ވާކަން މިއިދާރާއަށް އަންގާފައިނުވާނަމަ، އައްޑޫސިޓީ ކައުންސިލް އިދާރާގެ ގަވާއިދު ނަންބަރު 2019/R-984 (ޢާންމު ތަންނަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިން މި ދޯންޏަކީ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދެއް ކަމަށް ކަނޑައަޅައި ކަމާއި ބެހޭ މުއައްސަސާތަކުގެ އެހީތެރިކަމާއެކު މިދޯނި މި ސަރަޙައްދުން ނަގާނެ ކަމަށާއި، މިގޮތަށް އުޅަނދުތައް ނަގައި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގައި އުޅަނދަށް ލިބިދާނެ ގެއްލުމަށް އަވަށުއޮފީހުން ޒިންމާ ނުވާނެ ކަމަށާއި އުޅަނދު ވަގުތީގޮތުން ގެންދެވޭ ސަރަޙައްދުން 30 ދުވަސް ތެރޭ ނުނަގައިފިނަމަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދު ނައްތާލެވޭނެ ވާހަކަ ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

01 ޝަޢުބާން 1447

20 ޖަނަވަރީ 2026

20 ޖަނަވަރީ 2026
ހޯދާ