މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީކުރުމާ ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް މި މިނިސްޓްރީއިން މިދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން ރަޖިސްޓަރީ ކޮށްފައިވާ ވަރކް ސައިޓްތަކުގެ ތެރެއިން، ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑްތަކުން ދައްކާ ވަރކްސައިޓްތައް 2026 ޖަނަވަރީ 20 ވަނަ ދުވަހުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް" އަށް ބަދަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އަދި ރަޖިސްޓަރީ ކޮށްފައިވާ ވަރކް ސައިޓްތަކުގެ ތެރެއިން، ކޯޓާއެއް ނުނަގައި 01 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރު ވެފައިވާ ވަރކް ސައިޓްތައް 2026 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ސެޓޭޓަސް އަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބަދަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އެހެންކަމުން، މަތީގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ ވަރކް ސައިޓްތައް އަލުން އެކްޓިވޭޓް ކުރުމަށް، މުއްދަތު ހަމަވެފައިވާ ލިޔެކިއުންތައް އައު ކުރުމަށްފަހު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަރކް ސައިޓްގެ ޑޮކިއުމަންޓް އަޕްޑޭޓް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.         

‏01‏ ޝަޢްބާން‏ 1447

 

19 ޖަނަވަރީ 2026
ހޯދާ