ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ގެޒެޓްކުރާ ޤާނޫނާއި ގަވާއިދު ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

ގެޒެޓްކުރާ ޤާނޫނާއި ގަވާއިދު، ކުރިއަށްއޮތް 1 އަހަރުދުވަހުގެ މުއްދަތަށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއޮފީހުން ކުރި ނަންބަރު (IUL)1-FA(B)/1/2015/66)ފ(23 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރެއްވުމަށް 3 ފަރާތުން ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޑިސެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ