މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ހޮޅުދޫ ޕްރީސްކޫލަށް ޓީޗަރެއް ހޯދުން

 

                                                                 ނަމްބަރ: (IUL)295-A/295/2026/07

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ނ.ހޮޅުދޫ ޕްރީސްކޫލްގެ މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން މުއައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:       

01 (އެކެއް)

މުއްދަތު:

ދިރާސީ 01 އަހަރު

މުސާރައާއި ޢިނާޔަތް:

މުސާރަ މަހަކު 3,000.00 ރުފިޔާ

އެލަވަންސް: 

މިނިމަމް ވޭޖް އެލަވަންސް:      2,047.50 ރުފިޔާ

ސެޓްފިކެޓް އެލަވަންސް:

-          ޕްރީސްކޫލް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ މުސާރައިގެ

-          ޕްރީސްކޫލް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ މުސާރައިގެ

-          ޕްރީސްކޫލް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ މުސާރައިގެ %20

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 5 ގަޑިއިރު

މީގެއިތުރުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު

ޖީ.ސީ.އީ އޯލެވެލް

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާޞިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  2. ކުރިއަށް އޮންނަ ހަފްތާގެ ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒްކޮށްގެން ތައްޔާރުކޮށް އެތަކެތި ކްލާހުގައި ބޭނުންކުރުން.
  3. ކްލާސްރޫމަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާހައުލަކަށް ހެދުމާއި ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވާ އިންތިޒާމްކުރުން.
  4. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ޙިއްޞާކުރުން.
  5. ކުދިންނާއިގުޅޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރުން
  6. ކުދިންގެ ތަޢުލީމީ ކުރިއެރުން ( ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް ) ޤަވާޢިދުން ބަލަހައްޓާ، އެމަޢުލޫމާތު ޤަވާޢިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން. ( ޕޯޓްފޯލިޔޯ، އެނެކްޑޯޓަލް ރިކޯރޑްސް )
  7. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
  8. ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ޙާލަތްތަކުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
  9. ކުދިން ކުލާހަށް އައުމަށްފަހު ކިޔަވާ ނިމެންދެންނާއި، އަދި ކިޔަވާ ނިމުމުން، އެކުދިންގެ ބެލެނިވެރިން އެކުދިންނާއި ޙަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާ ނެގުން.
  10. އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  11. ހަމަހަމަ ގޮތެއްގައި ސްކޫލުން ރާވާ ހިންގާ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދިނުން.ސްކޫލުން ރާވާ ގޮތެއްގެމަތިން ކިޔަވައިދިނުމުގައި ޓީޗަރަށް އެހީތެރިވެދިނުން.
  12. އެއްވެސް ކުއްޖަކު ދޫކޮށްނުލާ ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށް ގެންދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަންދީގެން ކުރިއަށް ގެންދިޔުން.
  13. ސްކޫލުން ރާވާ ގޮތެއްގެމަތިން އިދާރީ މަސައްކަތްކުރުން.
  14. ކިޔަވައިދިނުމުގެ އިތުރުން ފަންނީ މުއައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން.
  15. ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިވެދިނުން.
  16. ސްކޫލާއި ކްލާސްރޫމަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާހައުލެއް ޤާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
  17. ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  18. ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުއައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއް ކަމުގައި ހެދުން.
  19. ޕްރީސްކޫލް އޮފީހުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  20. ސްޓޮކް ބެލެހެއްޓުން.
  21. ޕްރީސްކޫލް އިންވެންޓްރީ ބެލެހެއްޓުން.
  22. ޕްރީސްކޫލަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މުއައްސަސާތަކަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ހޯދުމަށްފަހު ކައުންސިލް އިދާރާއަށް ބިލް ހުށަހެޅުން.
  23. ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން ޙާޟިރީ ރިޕޯރޓާއި އިތުރުގަޑީގެ ޙާޟިރީތައް ކައުންސިލްގެ އިދާރާއަށް ފޮނުވުން.
  24. ޕްރީސްކޫލް މުއައްޒަފުންނާއިގުޅޭ ކަންކަން ބެލެހެއްޓުން.
  25. ޕްރީސްކޫލް ކުދިންގެ ރެކޯރޑްސް ބެލެހެއްޓުން.
  26. މުއައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  27. މަޤާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  28. އަމިއްލަ ސާފުތާހިރުކަމާއި ހެދުން އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ މިންގަނޑު ހިފެހެއްޓުން.
  29. މީގެއިތުރުންވެސް ކައުންސިލުން އަންގާ ޕްރީސްކޫލާގުޅޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖެނުއަރީ 22 ވަނަ ދުވަހުގެ 13:00 ގެކުރިން، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ލިޔުންތައް

އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

  • މިއިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6560009    ނަންބަރު ފޯނަށެވެ.
  •  އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

19 ޖެނުއަރީ 2026

19 ޖަނަވަރީ 2026
ހޯދާ