އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބްލަޑް ކަލެކްޝަން އަދި ކޮމްޕޮނެންޓް ބްލަޑް ބޭގް ސިސްޓަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބްލަޑް ކަލެކްޝަން އަދި ކޮމްޕޮނެންޓް ބްލަޑް ބޭގް ސިސްޓަސް، SAGM އެޑިޓިވް ސޮލިއުޝަންސް އަދި ލިއުކޯސިޓް ރިޑަކްޝަން ފިލްޓަރސް އާއިއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 19‏ ޖަނަވަރީ‏ 2026‏ ، ހޯމަ އިން ފެށިގެން ‏ 26‏ ޖަނަވަރީ‏ 2026‏ ، ހޯމަ ވާ ދުވަހުގެ 13:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 26‏ ޖަނަވަރީ‏ 2026‏ ، ހޯމަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 29‏ ޖަނަވަރީ‏ 2026‏ ، ބުރާސްފަތި ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

https://forms.office.com/r/T1tDUZd6JS     

19 ޖަނަވަރީ 2026
ހޯދާ