ދިވެހިރާއްޖެ
މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/11,623 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- ދަޢުވާ ފޯމްތަކާ ސިޓީތައް ނެގުމުގެ މަސައްކަތާއި، ލިބޭ އެންޓްރީ އާއި ގުޅުންހުރި މަސައްކަތްތަކާއި، ޑިސްޕެޗިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، އެމަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
2- ސެކްޝަނަށް ލިބޭ މައްސަލަތަކާއި، އެންޓްރީތައް ބަލައިގަތުމާއި، ސެކްޝަނަށް ލިބޭ މައްސަލަތައް ކޭޝް އެންޓްރީއަށް ނެގުމާއި، މައްސަލަތަކަށް ނަންބަރު ދިނުމާއި، މައްސަލަތަކުގައި އަޅާ ފިޔަވަޅުތައް ޤަޟިއްޔާ ފޮތަށް ނެގުން.
3- އެންޓްރީ ލިބުމުން، (ކޯޓުތަކުންނާ ސަރުކާރުގެ އިދާރާތަކުން ލިބޭ ލިޔުންތައް، ފުރުޞަތު ފޯމު، އަމިއްލަ ފަރާތްތަކުގެ ސިޓީތައް) ލިޔުންތަކާއި ގުޅުންހުރި މައްސަލައިގެ ފައިލް ހޯދުމަށް ޙަވާލުކުރުން.
4- ލިބޭ އެންޓްރީ އާދި މައްސަލަތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، މައްސަލަތައް ހޯދުމަށްފަހު ދަފްތަރުން މައްސަލަތައް އެސައިން ކުރުމަށް އިންޗާރޖުންގެ އަރިހަށް މައްސަލައިގެ ފައިލްތައް ގެންދިއުން.
5- ޕްރޮސިކިއުޓަރުން ޖަވާބު ތައްޔާރުކުރެއްވުމަށްފަހު ފައިލް ޙަވާލުކުރެއްވުމުން، ފޯމުތަކާއި ސިޓީތައް ނެގުމަށާއި، ލިޔުންތައް ޑިސްޕެޗް ކުރުމަށް މުވައްޒަފުންނާއި ހަވާލުކުރުން.
6- ލިބޭ ރިމާކްސްއަށް ބެލުމަށްފަހު، އަލުން އިސްލާހު ކުރަން ޖެހޭ ލިޔުންތައް، ފައިލާއެކު ޕްރޮސިކިއުޓަރުންނާ ޙަވާލުކުރުން.
7- އަނބުރާ ފޮނުވާލާ މައްސަލަތަކުގެ ތެރެއިން ޕީޖީގެ ރިމާކްސް ނުލިބޭ މައްސަލަތައް އަރިހަށް ގެންދިއުމަށް، ލިބޭ ރިމާކްސްއާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ޙަވާލުކުރުން.
8- ގޮފިތަކުން ރިމާކްސްއަށް ލިބޭ މައްސަލަތައް ހޯދުމާއި، ރިމާކްސްގެ ހުރިހާ ލެވެލް އެއް ނިންމުމަށްފަހު ގޮފިތަކަށް މެއިލްކުރުން.
9- ކޯޓުތަކުން ނިންމާ މައްސަލަތަކާ ގުޅޭގޮތުން ލިބޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޤަޟިއްޔާ ފޮތަށް ނެގުމާއި، ލިބޭ ރިޕޯޓްތައް ޕްރޮސިކިއުޓަރުންނާ ޙަވާލުކުރުން.
10- މައްސަލަތައް ނިމުމުން މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ސިސްޓަމުން ނެގުމާއި، ޑިސްޕެޗްކުރުމާއި، ފޮތަށް ނެގުމަށް ޙަވާލުކުރުން.
11- ނިމޭ މައްސަލަތަކުގައި، މައްސަލައިގެ ފައިލް ޗެކު ކުރުމާއި، އެމައްސަލަތަކުގެ ތަފްސީލް ބެލެހެއްޓުމާއި، އާކައިވް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ޙަވާލުކުރުން.
12- މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު، ރެކޯޑްސް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނަށް ފޮނުވުން.
13- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކޮށް އެޑްމިން ސެކްޝަނަށް ފޮނުވުން.
14- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27 ޖަނަވަރީ 2026 – 28 ފެބްރުއަރީ 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
30 ރަޖަބު 1447
