މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުލް ޞަފާ މިސްކިތުގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބިޑު ހުށަހެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުލް ޞަފާ މިސްކިތުގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖެނުއަރީ 2026 (އާދިއްތަ) ދުވަހު 10:00ގެ ކުރިން ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  4. ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/KCU0Qw9q6q
  5. މިބީލަމާއިގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2026 ޖަނަވަރީ 25 ވާ އާދިއްތަ ދުވަހު 10:30ގައި މިލަންދޫ ކައުންސިލު އިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 28 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.      

19 ޖަނަވަރީ 2026
ހޯދާ