އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖެނިޓޯރިއަލް ޚިދުމަތް ފޯރުކޮށްދިނުމާއި އޮފީހުގެ ސައި ކޮޓަރިތައް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތީތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.  މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  ޖެނިޓޯރިއަލް އަދިސެކިއުރިޓީ ބަލަހައްޓަންޖެހޭ އިމާރާތާ ގޯތި ބެއްލެވުމަށް 19 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2025 ވާ ހޯމަ ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އާއި 14:00 އާ ދެމެދު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން ސެކިއުރިޓީ ބަލަހައްޓަންޖެހޭ ސަރަހައްދު ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 28 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 10:30  އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. 

18 ޖަނަވަރީ 2026
ހޯދާ