އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ އަވަށުގެ ގޯތިތަކާއި ރަށުތެރޭގެ އެކިތަންތަނުގައި އަލިފާންރޯކޮށް ކުނި އެންދުން މަނާކުރުން

އިޢުލާން

ހުޅުދޫ އަވަށުގެ ގޯތިތަކާއި ރަށުތެރޭގެ އެކިތަންތަނުގައި އަލިފާންރޯކޮށް ކުނި އެންދުން މަނާކުރުން

        އައްޑޫސިޓީ ހުޅުދޫ އަވަށުގެ އެކިތަންތަނުގައި އަލިފާން ރޯކޮށް ކުނިއެންދުމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތައް ސާފުކުރުމަށްފަހު ކުނިނައްތާލުމުގެ ބޭނުމުގައި ގޯތިތަކުގައި ކުނި އެންދުން މިހާރު ޢާންމު ކަމަކަށް ވެފައިވާކަން މިއޮފީހަށްވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ އަލިފާނުގެ ނުރައްކާތެރި ޙަދިސާތައް ހިގުމަށް މަގުފަހިވެދާނެ ޢަމަލެއެކަމާއި މިކަމުގެ ސަބަބުން ރައްޔިތުންގެ ގެދޮރާއި މުދަލަށް ބޮޑެތިގެއްލުން ތަކެއް ލިބިގެންދިއުމުގެ ފުރުޞަތު އޮތް ކަމެކެވެ. މީގެ އިތުރުން އަލިފާން ރޯކޮށް، އެ އަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ ގަވާއިދު ނަންބަރު: 2019/R-995 (އާންމު އުނދަގުލާބެހޭ ގަވާއިދު) ގެ ދަށުން މަނާކަމެއްކަންވެސް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

        ބުނެވިދިޔަ ގަވާއިދާއި ޚިލާފަށް އަލިފާން ރޯކުރުމާއި ގޯތިތަކުގައި ކުނިއެންދުމަކީ މަނާކަމެއްކަމުގައިވާތީ، މިއަދުންފެށިގެން ހުޅުދޫ އަވަށުގެ އެއްވެސް ތަނެއްގައި އިސްވެ ޙަވާލާދީފައިވާ ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު އެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

29 ރަޖަބު 1447

18 ޖަނަވަރީ 2026

18 ޖަނަވަރީ 2026
ހޯދާ