އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސްކޫލަށް އަލަށް އިތުރުކުރި ބިމުގައިހުރި ރުއްގަސް ނީލަން ކިޔުމާބެހޭ
މި ސްކޫލަށް އަލަށް އިތުރު ކުރި ބިމުގައި ހުރި ރުއްގަހުގެ ތެރެއިން މިހާރު ނީލަން ނުކިޔާހުރި ރުއްގަހުގެ ނީލަންކިޔުން 1 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި އޮމަދޫ މަދަރުސާގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގަޑިއަށް އޮމަދޫ މަދަރުސާ ކައިރިއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ނީލަމުން ތަކެތި ނަންގަވާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ސްކޫލުގެ އޮފީހަށް ފައިސާ ދެއްކެވުން. ( ތަކެތި ކަަނޑުއްވަންވާނީ ފައިސާ ދެއްކެވުމަށްފަހު )
- ނީލަން ކިޔާދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ތަކެތި ކަނޑުއްވައިގެން ގެންދެވުން (ތަކެތި ކަނޑުއްވަންވާނީ ބިމާ ހަމައިން)
- ތަކެތި ކެނޑުއްވުމުގައި ސްކޫލުގެ ތަނަކަށް ނުވަތަ އެނޫންވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ ގެއްލުންލިބޭތާ ( ލަސްވެގެން 7 ދުވަހުގެތެރޭގައި) އެފަރާތަކަށް ގެއްލުމުގެ ބަދަލު ހަމަޖައްސަވައިދެއްވުން.
- ނީލަމުން ނަންގަވާ ތަކެތި ކެނޑުއްވުމުން އެޅޭ ކުނި ނަންގަވައި ސާފުކުރެއްވުން.
މިއާ ޚިލާފަށް ޢަމަލުކުރައްވާ ފަރާތްތަކާމެދު ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެއެވެ.
10 ޞަފަރު 1437
22 ނޮވެންބަރު 2015
ހޯދާ