ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ބުރުނީގައި ތަރާވިޙް ނަމާދުކުރުމަށް ގެންނަ ޙާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
1447 ވަނަ އަހަރު ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ގެނައުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިޙާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައި ދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2026 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6780038 ފޯނަށް ގުޅުއްވައި ނުވަތަ މިކައުންސިލްގެ އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
18 ޖަނަވަރީ 2026
ހޯދާ
