މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 37-ޖީ/2025 ގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލުން

"ބޯހިޔާވަހިކަން އެންމެންނަށް" ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމް ތަންފީޒުކުރުމުގެ ގޮތުން، 18 އަހަރުން މަތީ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމަށް 28 ޑިސެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) އާ ހަވާލާދީ ދަންނަވަމެވެ.

ބުނެވިދިޔަ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 18 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހު (މިއަދު) ގެ ހެނދުނު 09:00 އިން ފެށިގެން 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ
 https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މިގޮތުން، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު މި އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން، އުސޫލު ނަންބަރު 37-ޖީ/2025 (މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ ދަށުން، ބިމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ޢަދަދަށް ރިޢާޔަތްކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ދެންނެވުނު އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން، އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭނީ މި އިޢުލާނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 860-4004، 861-4004، 862-4004، 863-4004، 864-4004 ނުވަތަ 865-4004 އާ ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހަޅުއްވައިގެންވެސް މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

މި އިޢުލާނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށްޓަކައި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލުމަށް މި މިނިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ނަންބަރު 491/491/2025/183 (IUL) (29 ޑިސެންބަރު 2025) އިޢުލާން ބާޠިލުވީއެވެ. 

18 ޖަނަވަރީ 2026
ހޯދާ