ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ގެޔެއް ކުއްޔަށް ހިފަން

މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2016 ޖަނަވަރީން 2016 ޑިސެންބަރުގެ ނިޔަލަށް 1 (އެކެއް) އަހަރުދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންގރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.

ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މި ލިސްޓު ސްކޫލުން ލިބިލައްވާނެއެވެ.)

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު

ސިޓީ ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް

29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަސް

ގަޑި 11:00

06 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަސް

ގަޑި 11:00

 

 

 

ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގެއާއި ގޯތިތެރެ ސާފުކޮށް ގޭގައި ތިބޭ ފަރާތްތަކަށް ކައްކައި ކާންދޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ: ރަސްމީގަޑީގައި 6640574 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

23 ނޮވެންބަރު 2015
ހޯދާ