ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

2026 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

މަޤާމް:

މިސްކިތު އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމެންޓް (1 އަހަރު)

ރޭންކް:

ޕީ.އެސް.އާރް 1

ސްކިލް ލެވަލް

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުރެންދޫ މިސްކިތްތައް (ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ)

މުސާރަ:

 (މަސައްކަތު) ނިކުންނަ ކޮންމެ ދުވަހަކަށް 350.00 (ތިންސަތޭކަ ފަންސާސް ރުފިޔާ) 

 

މަސްޢޫލިއްޔަތަކާއި ވާޖިބުތައް:

  • މިއިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނިއުކާލެވޭގޮތަށް ބޭރުގައި ބެހެޓުން
  • މިސްކިތުގައި އޯވަރ ހެޑް ޓޭންކް ބެހެއްޓިފައި ހުންނަ ނަމަ އަހަރަކު ހަތަރު ފަހަރު އޯވަރ ހެޑް ސާފުކުރުން.
  • އިމާމް/މުދިމް އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުކުރުން.
  • މިސްކިތަކަށް ލިބެމުންދާ ގެއްލުންތައް ޤައިވާއިދުން އިމާމް/ މުދިމުންނަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ދިއުން.
  • ކައުންސިލް އިދާރާ އާއި އިމާމް/ މުދިމް ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • މިސްކިތަކުގައި ބަހައްޓާފައި ހުންނަ ފެން ތާނގީތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން އަހަރަކު އެއްފަހަރު ދޮވެ ސާފުކުރުން.
  • މިސްކިތުގެ ފުރާޅުތަކާއި ދިޔަދޮވިތައް މަހަކު ދެ ފަހަރު ސާފުކުރުން
  • މިސްކިތުގެ ފާޚާނާއާއި އިސްކުރުބުރި ދުވާލަކު އެއްފަހަރު ރަގަޅަށް ދޮވެ ސާފުކުރުން
  • މިސްކިތުގެ ވަޅުތައް ސާފުކޮށް ބެލެހެއްޓުމާއި އަހަރަކު ހަތަރު ފަހަރު ވަޅުދިޔަ ހިއްކާ ސާފުކުރުން
  • ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް

1-    ލިޔަން ކިޔަން އެގުން

ނޯޓް:

ލިޔަން ކިޔަން އެންގޭކަން ދެނެގަންނާނީ:

-       ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ.

ނުވަތަ،

-       ލިޔަން ކިޔަން އެންގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

-       ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

       (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ       ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

       (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.      6      

        (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

        (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖަނަވަރީ 22 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަތަނާއި މުއްދަތު):  މިމަޤާމަށް އިންޓަރވިއުކުރުން ބޭއްވޭނީ 22 ޖަނަވަރީ 2026 އާއި 31 ޖަނަވަރީ 2026 އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ:

މަސައްކަތު މީހެއްގެ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %70

   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620001 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2026
ހޯދާ