މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރްޢާން މުބާރާތް 1447 އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

މިކައުންސިލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'ކައުންސިލް ޤުރުއާން މުބާރާތް – 1447'  މި އަހަރުގެ ރަމަޟާންމަހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޤުރުއާން މުބާރާތުގައި އިންސާފުކޮށް ފަނޑިޔާރުކަން ކޮށްދޭނެ 3 (ތިނެއް) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތުތައް:

  • §         ދިވެހި ރައްޔިތެއްކަމުގައިވުން.
  • §         ޤުރުއާނުން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވާ ފަރާތްތައް ކަމުގައިވުން.
  • ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުހުރި ފަރާތްތަކެއްކަމުގައިވުން.
  • ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަތާތްތަކަކީ މުބާރާތަށް ކިޔަވާ އެއްވެސް ބައިވެރިއަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.
  • މުބާރާތުގެ ބައިވެރިއަކާއި އާއިލީ ގުޅުމެއްއޮތް ފަރާތެއްކަމުގައި ނުވުން.
  • ދުވާފަރު ނުވަތަ ކަނދޮޅުދޫ ރަށްވެއްސެއްކަމުގައި ނުވުން.

ފަނޑިޔާރުން ހޮވުމުގައި ލިބިފައިވަ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2026 ގެ 13:00 ގެ ކުރިން  މިއިދާރާގެ މެއިލް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ 3 ބޭފުޅުން ހިމެނޭ ޓީމެއްގޮތަށެވެ.  އަދި ކޯޓޭޝަނާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ދރއ.ކާރޑްގެ ސާފު ކޮޕީއަކާއި ތަޖުރިބާ ލިބިލައްވާފައިވާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ނާއިބް ރައީސް އިޒްމީލް އަޙްމަދު 7995821 ނަންބަރަށްށެވެ.

15 ޖަނަވަރީ 2026
ހޯދާ