މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

އިޢުލާން            

ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

 

ވާދޫގެ ރައްޔިތުންގެ ތެރެއިން ބޭފުޅަކު ހައްޖަށް ފޮނުވުމަށް އަމިއްލަ ފަރާތަކުން ފުރުސަތު ހުޅުވާލާފައިވާތީ، މިފުރުސަތު ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުން، ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.

ޝަރުތު:

  1. ހައްޖަށް ދިޔުމަށް ފައިސާ ދައްކާ، ވެއިޓްލިސްޓް ކުރެވިފައި ނުވާ ފަރާތެއް ކަމުގައިވުން.
  2. އުމުރުން 40 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައިވުން.
  3. ވާދޫގެ ރަށްވެއްސެއްކަމުގައި ވުން
  4. ކުރިން ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއް ކަމުގައި ނުވުން.

ނަންނޯޓު ކުރެވޭ ލިންކު: https://forms.gle/jkMRL4osXvFCqJuf9  

މި މިއުލާނާއި ގުޅިގެން އެއް ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ހައްޖަށް ފޮނުވާ ފަރާތް ހޮވޭނީ، ނަންނޯޓުކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.  

ވީމާ، މިފުރުޞަތަށް އެދި 2026 ޖެނުއަރީ 21 ވާ ބުދަ ދުވަހުގެ 09:00ގެ ކުރިން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ.

15 ޖަނަވަރީ 2026
ހޯދާ