ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމަށް ހުޅުވާލުން

ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމަށް ހުޅުވާލުން

 

މި ސްކޫލުގެ ކުރަންޖެހޭ -/35000 (ތިރީސް ފަސް ހާސް) ރުފިޔާއިން ދަށުގެ މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް (25 ޖަނަވަރީ 2026 ން 24 ޖަނަވަރީ 2027 އަށް) ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ މަސައްކަތްތަކުގެ ތެރެއިން ހުށެހެޅޭ އެންމެ ކުޑަ އަގަކަށް ބަލައި އެފަރާތާއި އެ މަސައްކަތް ހަވާލުކުރެވޭނޭވެއެވެ.

ވީމާ، މި ކަމަށް ޝައުޤު ވެރިވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި  22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް  މި ސްކޫލްގެ އިދާރާއަށް ދުރުވެ އަގު ލިސްޓް ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އަގު ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ ޕްރޮފައިލްގެ ކޮޕީ އަގު ފޯމާއި އެކު ހުށަހަޅަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2026

15 ޖަނަވަރީ 2026
ހޯދާ