ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީން ތައްޔާރުކުރާ ފޮތްތަކުގެ ލޭއައުޓް އަދި ކަވާރ ޕޭޖު ތައްޔާރު ކޮށްދޭނެ ފަރާތެއް ތިންއަހަރުދުވަހުގެ މުއްދަތަށް ހޯދުމަށްފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)142-A5/142/2025/264 (22 ޑިސެންބަރު 2025) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއްލިބިފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން ތިރީގައިވާ މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.
މިނިސްޓްރީން ތައްޔާރުކުރާ ފޮތްތަކުގެ ލޭއައުޓް އަދި ކަވާރ ޕޭޖު ތައްޔާރު ކޮށްދޭނެ ފަރާތެއް ތިންއަހަރުދުވަހަށް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްހީރަސް ކުރެވިފައިވާނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/Ked9pthEid
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
