ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރި ގޯތިތަކާއި 2012 ގެ ގޯތިތަކުގެ ބަދަލު ދިނުމާއި ސާފުކުރުމާއި ގުޅޭ

 

2025 ވަނަ އަހަރު ދޫކުރި ގޯތިތަކުގެ ރުއްގަހުގެ ބަދަލު ވައިކަރަދޫ ކައުންސިލުން ދޭގޮތަށް ވައިކަރަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. އަދި 2012 ވަނަ އަހަރު ދޫކުރި ގޯތިތަކުގެ ތެރެއިން މިހާތަނަށް ބަދަލު ނުނިންމާ ހުރިގޯތިތަކުގެ ރުއްގަހުގެ ބަދަލު ދިނުމުގެ ކަންތަކާއި އެތަންތަނުގެ ރުއްގަސް ސާފުކުރުމުގެ މަސައްކަތް ކައުންސިލް މެދުވެރިވެ ކުރުމަށް ވަނީ ނިންމާފައެވެ.

މިހެންކަމުން 2012 ވަނަ އަހަރު ދޫކުރި ގޯތިތަކުގެ ތެރެއިން އަމިއްލައަށް ބަދަލު ނިންމާފައިވާ ފަރާތްތަކުން ގޮތީގައިހުރި ރުއްގަސް ނަގާ ބިން ސާފުކުރަން ބޭނުންވާނަމަ ތިރީގައިވާ ގޫގަލް ލިންކް މެދުވެރިކޮށް 22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި މިފަދައިން ރަޖިސްޓްރީ  ކުރާ ފަރާތްތަކުގެ ގޯތީގައިހުރި ރުއްގަސް އެއްވެސް އަގަކާއިނުލާ ނަގާސާފުކޮށްދޭގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

ގޫގަލްފޯމް ލިންކް : https://forms.gle/dEvw2oP3uYPR5rV36

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

14 ޖަނަވަރީ 2026
ހޯދާ