ދިވެހިރާއްޖެ
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު މި އޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ހިންގަމުންގެންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް، މި އޭޖެންސީއިން ކަނޑައަޅާ ބަޔަކާއި، އެބައެއްގެ ލަގެޖް އަދި ފޮނުވަންޖެހޭ މުދަލާއި ތަކެތި އުފުލުމަށް މާލެއާއި ކ.ހިންމަފުއްޓާއި ދެމެދު ކުރަންޖެހޭ ކަނޑުދަތުރުތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް 31 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު IUL434-PRC/434/2025/328 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 13 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު އެއްކަރުދާސް ގެޒެޓް ކުރެވިފައިވާނެއެވެ. |
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުއްވުން |
22 ޖަނަވަރީ 2026 (ބުރާސްފަތި) |
10:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ) |
