|
މަގާމު:
|
އިންޓާރން (އެޑްވޮކަސީ އެންޑް އެވެއަރނެސް ޑިޕާޓްމަންޓް)
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ކުރަންޖެހޭ މަސައްކަތްތައް
|
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ދާއިރާއިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން؛
- ޑިޕާޓްމަންޓްގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.
|
|
އިންޓަރންޝިޕް އަދާ ކުރަންޖެހޭ ތަން:
|
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް، އެޑްވޮކަސީ އެންޑް އެވެއަރނެސް ޑިޕާޓްމަންޓް
|
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
ދުވާލަކު 6 ގަޑިއިރު
|
|
އިންޓާރނެއްގެ ގޮތުގައި ފުރުސަތު ދެވޭނެ ފަރާތްތައް:
|
- ސާނަވީ ތައުލީމު ނުވަތަ މަތީ ސާނަވީ ތައުލީމު ހާސިލުކޮށް މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ދަރިވަރުން؛
- އަންޑަރގްރެޖުއޭޓް ނުވަތަ ޕޯސްޓްގްރެޖެއޭޓް ނިމިފައިވާދަރިވަރުންގެ ތެރެއިން ކިޔަވާފައިވާ ކޯހަކާބެހޭ މަސައްކަތު ތަޖުރިބާ ހޯދަން ބޭނުންވާ ދަރިވަރުން.
|
|
އިންޓާރންޝޕަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން
- ތަޖުރިބާ
- އިންޓަވިއު
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާރންޝިޕަށް އެދޭ ފޯމް.
- އިންޓާރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- އިންޓާރންޝިޕަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތެއްނަމަ، ލިބިފައިވާ ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް
|
|
ސުންގަޑި:
|
މި އިންޓާރންޝިޕަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
|
|
ނޯޓް:
- މި އިންޓާރންޝިޕަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
- މި އިންޓާރންޝިޕަށް އެދޭ ފަރާތްތަކަށް އިންޓަރވިއު ބާއްވާނެ ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
- އިންޓާރންޝިޕްގެ އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވޭނީ، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، އިންޓާރންޝިޕަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހުގައެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
|