ދިވެހިރާއްޖެ
FSM-ADV/2026/006
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ލީގަލް ކައުންސިލް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ލީގަލް ޑިޕާރޓްމަންޓް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ޓްރައިބިއުނަލް އާއި ކޯޓުތަކުގައި ކުންފުނި ތަމްސީލުކުރުން - ކުންފުނީގެ ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާ ދިނުން - ކުންފުނީގެ ޤަވާޢިދުތަކާއި އުސޫލުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން - މަސްއޫލިއްޔަތުތަކާ ގުޅިގެން ކުންފުނިން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން |
|
ޝަރުތުތައް: |
- ލީގަލް ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން - ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައާއެކު، ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން. - ޤާނޫނީ އުސޫލްތައް އެގުން އަދި ކޮމްޕްލެކްސް ޤާނޫނީ މައްސަލަތައް ތަހުލީލު ކުރުމުގެ ގާބިލުކަން ހުރުން |
|
މަހު މުސާރަ: |
30,000ރ އާއި 32,000ރ އާއި ދެމެދު |
|
ޑިޕާޓްމަންޓް: |
ލީގަލް ޑިޕާރޓްމަންޓް އެފް. އެސް. އެމް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
13 ޖަނަވަރީ 2026
