ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި  ކޯޓުން  20  އޮކްޓޫބަރު  2015  ގައި  ކޮށްފައިވާ  7،IUL)21-HMC/1/2015/6)  ނަންބަރުގެ  ދެ  އިޢުލާނުން  އެޑްމިނިސްޓްރޭޓްޓިވް (ވަގުތީ)  މަޤާމާއި،  ކޯޓް  އޮފިސަރ  (ވަގުތީ) ގެ  މަޤާމަށް  މީހަކު  ހޯދުމަށް  ކޮށްފައިވާ  އިޢުލާނުގެ  ޝަރުޠު،  ޝަރުޢީ  ދާއިރާގެ  އިދާރީ  މުވައްޒަފުންގެ  ވަޒީފާގެ  އޮނިގަނޑުގައިވާގޮތަށް  ލިޔުމަށްފަހު،  އެ  ދެ  އިޢުލާން  ބާޠިލުކޮށް،  އެ  ދެ  މަޤާމަށް  އަލުން  އިޢުލާން  ކުރީމެވެ.    

މަޤާމުގެ ނަން:

ކޯޓް އޮފިސަރ (ވަގުތީ)

މަޤާމުގެ މުއްދަތު:

6 (ހައެއް) މަސްދުވަސް (ކޮންޓްރެކްޓް އުސޫލުން)

ސެކްޝަން/ޑިޕާޓްމަންޓް:

ޝަރީޢަތްކުރުމާބެހޭ ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޝަރީޢަތް ކުރިއަށްދާ ވަގުތު ކޯޓުރޫމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

 

އުޖޫރަ:

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސްއެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ޖުޑީޝަލްއެލަވަންސް: މުސާރައިގެ %40

ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ މުއްދަތު:

6 (ހައެއް) މަސްދުވަސް (ކޮންޓްރެކްޓް އުޞޫލުން)

ސެކްޝަން/ޑިޕާޓްމަންޓް:

ޝަރީޢަތްކުރުމާބެހޭ ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 ޝަރީޢަތް ކުރާ ސެކްޝަންގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 

އުޖޫރަ:

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސްއެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚު:

2015 ނޮވެންބަރު 30 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. މޯލްޑިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް. ކިއު. އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.

6. ކުރިން ވަޒީފާއެއްގައި އުޅެފައިވާކަމުގެ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައިއޮތުން.

ނޯޓް:

- ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 މުޙައްރަމް 1437

24 ނޮވެންބަރު 2015
ހޯދާ