ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް (ގްރޭޑް 1)

މަޤާމް:               އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް (ގްރޭޑް 1)

ބޭނުންވާ ޢަދަދު:           01 (އެކެއް)

މުސާރަ:                -/14,255 ރުފިޔާ

ލިވިންގ އެލަވަންސް:        3,000/- ރުފިޔާ

ރިސްކް އެލަވަންސް:        -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. ޕްރޮސިކިއުޝަން މެނޭޖުމެންޓް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދޫކުރާ ކުށުގެ ރިޕޯޓުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
  3. މިއޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  4. ކޯޓުތަކާއި އެހެނިހެން އިދަރާތަކަށް ހުށަހަޅަންޖެހޭ ލިޔުންތަކާއި ވަގުތައް ހުށަހެޅޭކަން ކަށަވަރުކުރުން.
  5. ސެކްޝަނަށް ލިބޭ އެންޓްރީތައް ބަލައިގަތުމާއި އަދި ކަނޑައެޅިފައިވާ އުސޫލުގެދަށުން ފިވަޅުއެޅުން.
  6. މިއޮފީހުގެ އިންފޮމޭޝަން ޔުނިޓުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  7. ޕްރޮސިކިއުޝަން މެނޭޖްމެންޓް ސެކްޝަންގެ އެންމެހައި ޔުނިޓުތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހަވާލުކުރުމާއި އަދި އެމުވައްޒަފުންގެ މަސައްކަތައް ބެލެހެއްޓުން.
  8. ޕްރޮސިކިއުޝަންއާއި ގުޅިގެން މިއޮފީހުން ތައްޔާރުކުރާ އެންމެހައި ތަފާތު ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން.

 

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އިސްމަޤާމެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެމް.އެސް 3 ގެ ކްލެސިފިކޭޝަންގައި މަދުވެގެން 12 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަނޑައަޅާ އިންސައްތަ އަކަށްވުރެ މަތިން މާކްސް ހޯދާފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  20 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 ޖަނަވަރީ  – 21 ފެބްރުއަރީ 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

23 ރަޖަބު 1447

12 ޖަނަވަރީ 2026

12 ޖަނަވަރީ 2026
ހޯދާ