އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ 2 ފާޚާނާ ހެދުމާގުޅޭ

މި ސްކޫލުގެ ނަންބަރު: GS68/2015/16ފ(26 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުން އެއަންދާސީހިސާބު ބާޠިލުކޮށްފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ސްކޫލުގެ 2 ފާޚާނާ ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ