ދިވެހިރާއްޖެ
މި ކައުންސިލްގެ ބަޖެޓުން ރަށުގެ ތަރައްޤީއަށާއި، އިޖުތިމާޢީ އަދި ދީނީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "ރ. އިނގުރައިދޫ ކައުންސިލްގެ މާލިއްޔަތުން އެކިއެކި ފަރާތްތަކަށް ފައިސާގެ އެހީ ދިނުމާއި ބެހޭ ގަވާއިދު" އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ ގަވާއިދަށް އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މި އިދާރާއިން ބޭނުންވެއެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ރަށުގައި ހުރި މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގޭ ޕްރޮގްރާމްތަކަށް އިންސާފުވެރި ނިޒާމެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ވީމާ، މި ގަވާއިދާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ، 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ ކުރިން މި އިދާރާއަށް ސިޓީއަކުން ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ގަވާއިދުގެ ޑްރާފްޓް މި ޢިއުލާނާއިއެކު އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
