ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/02
އިޢުލާން
ހޮސްޕިޓަލުގެ ލެބޯޓްރީގައި ކުރަންހުރި މަރާމާތުކުރުމާއި ސްވަރޭޖް ސިސްޓަމް އަޅައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުން ދެވޭ މަޢުލޫމާތާއި، އެއްގޮތަށް ހޮސްޕިޓަލުގެ ސްވަރޭޖް ސިސްޓަމް އެޅުމުގެ މަސައްކަތާއި، ލެބޯޓްރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2026 ވަނަދުވަހުގެ 10:00 އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި ބިޑުގައި ރަޖިސްޓްރީކުރުން 15 ޖަނަވަރީ 2026، 10:00 އަށް
އަންދާސީ ހިސާބް ހުށަހެޅުން: 27 ޖަނަވަރީ 2026، 10:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
