ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުން
ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން 12 ފެބްރުއަރީ 2026 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ދަނޑުބިމުގެ ފީ އަކީ އަކަފޫޓަކަށް 0.02 (ދެލާރި) އެވެ.
ވީމާ، ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ "ދަނޑުބިމަށް އެދޭ ފޯމް" ނަންގަވާ މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމަވެ. ދަނޑުބިމަށް އެދޭ ފޯމެއްގެ އަގަކީ -/5ރ (ފަސްރުފިޔާ) އެވެ. ދަނޑުބިމުގެ މަހުފީ އަކީ އަކަފޫޓަކަށް 0.02 (ދެލާރި) އެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
12 ޖަނަވަރީ 2026
ހޯދާ
