މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުޢާން މުބާރާތާއިބެހޭ

 1447 ވަނަ އަހަރު ރަމަޟާން މަހު މިކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އުމުރުފުރާތަކަކީ: 7 އަހަރުންދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް، 16 އަހަރުންދަށް، އަދި 16 އަހަރުންމަތިންނެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕަކާއި ހިތުންކިޔެވުމުގެ ގޮތްޕެކެވެ.

        ހޮވުމަށް ހަމަޖައްސާފައިވާ ވަނަތަކަކީ ކޮންމެ އުމުރުފުރާއަކުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ އާއި ކޮންމެ ގޮތްޕަކުންވެސް 1ވަނަ، 2ވަނަ އަދި 3ވަނަ އާއި މުޅިމުބާރާތުން 1ވަނަ، 2ވަނަ އަދި 3ވަނަ އެވެ.

        މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރީން މިއިދާރާއަށް ފޯމް ހުށަހެޅުއްވުންއެދެމެވެ. 

        މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުއަރީ 27 އަދި 28 ވާ ( ހުކުރު ، ހޮނިހިރު ) ދެދުވަހުއެވެ. މުބާރާތްފެށުމަށް ހަމަޖެހިފައިވަނީ 27 ފެބުރުއަރީ 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ން ފެށިގެންނެވެ.

         ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖަނަވަރީ 2026
ހޯދާ