ދިވެހިރާއްޖެ
ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި މިހާރު ޢިމާރާތް ކުރެވެމުންދާ އައު ''ބަނދަރުހިޔާ'' ގައި މިހާތަނަށް ނުނިމި ހުރި ހުރިހާ މަސައްކަތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 15 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށްފަހު، 20 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމާއެކު ރަޖިސްޓްރޭޝަންފީ -/500 (ފަސްސަތޭކަ) ރުފިޔާ، މިއިދާރާގެ ނަމްބަރު 7720700408001 ގެ އެކައުންޓަށް ޖަމާކުރައްވާ، ފައިސާ ދެއްކި ކަމުގެ ސްލިޕް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށްއެދި ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ރަޖިސްޓްރޭޝަންފީ ނުދައްކާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމާގުޅިގެން މަޢުލޫމާތު ދިނުމުގެ އިތުރު ބައްދަލުވުމެއް ނޯންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
