މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޅ. ހިންނަވަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގަރޭޑް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޅ. ހިންނަވަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޅ. ހިންނަވަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2015ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ބީލަންފޮތް ފޮނުވައިދެވޭނެއެވެ. ލިޔުމުގައި ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 415 3018 960+

ފެކްސް: 301 3018 960+

އީ މެއިލް: [email protected]

މިމަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 10 ޑިސެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

23 ނޮވެންބަރު 2015
ހޯދާ