ދިވެހިރާއްޖެ
އިޢުލާން
މިސްކިތު އިމާމް / މުދިމުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއިގުޅޭ:
މިރަށު މިސްކިތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އިމާމު / މުދިމް ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ދަފްތަރަކީ 1 ފެބްރްއަރީ 2026 އިން 31 ޖެނުވަރީ 2027 ގެ ނިޔަލަށް އެކުލަވާލެވޭ ދަފްތަރެކެވެ.
|
މަޤާމް: |
އިމާމް / މުދިމް |
|
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަނޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް (1 ފެބްރްއަރީ 2026 އިން 31 ޖެނުވަރީ 2027 ނިޔަލަށް މިސްކިތްތަކުގައި ތިއްބަވާ މުދިމް / އިމާމް އިން ޗުއްޓީ ނެންގެވުމުން) |
|
ވާޒީފާ އަދާ ކުރަންޖެހޭ ތަން: |
މިލަދުންމަޑުލް ދެކުނުބުރީ މިލަދޫ މިސްކިތްތައް |
|
މުސާރަ: |
އިމާމް – މަސައްކަތް ކުރާ ގަޑިއަކަށް -/61 ރުފިޔާ ( އިމާމްކަމުގެ ޝަރުތު ފުރިހަމަ ވާނަމަ) މުދިމް – މަސައްކަތް ކުރާ ގަޑިއަކަށް -/53 ރުފިޔާ (ޝަރުތު ފުރިހަމަނުވާނަމަ – ޤުރުޢާން ތަޖްވީދުން ކިޔަވާ ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރަން އިނގޭ ފަރާތަކަށްވުން) |
|
މަސައްކަތް ކުރަންޖެހޭ ގަޑިގެ އަދަދު: |
ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަހު |
|
މަޤާމުގެ ޝަރުތު: |
އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަން އިނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ނ.މިލަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. |
19 ރަޖަބް 1447
08 ޖަނަވަރީ 2026
ޢަބްދުލްމަޖީދު މުޙައްމަދު
ކައުންސިލްގެ ރައީސް
