ދިވެހިރާއްޖެ
މިކައުންސިލާއި ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒު ގުޅިގެން މިރަށުގައި ހިންގަމުންދާ ޤުރްއާން ކުލާހުގެ މުދައްރިސްގެ ހުރުމާއި ކެއުން ހަމަޖައްސަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ މިކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
