ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ
އިއުލާން
މިކޯޓުގައި ހުރި ބައު ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 23 ޖެނުއަރީ 2026 ވާ ދުވަހުގެ 16:00 އިން 18:00 އަށް
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 6820780
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 18:00 ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 23 ޖެނުއަރީ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޖަނަވަރީ 2026
ހޯދާ
