ދިވެހިރާއްޖެ
އިޢުލާން
އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް
އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފް ގާޑްސް އޮފިސަރ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ ބެލުމުގެދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފް ގާޑްސް އޮފިސަރއެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފް ގާޑްސް އޮފިސަރއެއް ހޯދުމުގެ މައިގަނޑު މަޤްޞަދަކީ، މި މަޝްރޫޢުތަކުގެދަށުން ތައްޔާރުކުރެވޭ އެންވަޔަރަންމަންޓް އެންޑް ސޯޝަލް އެސެސްމަންޓް (އީ.އެސް.އޭ)، އެންވަޔަރަންމަންޓް އެންޑް ސޯޝަލް މެނޭޖަމަންޓް ފްރޭމް ވޯރކް (އީ.އެސް.އެމް.އެފް)، ރިސެޓްލްސްމަންޓް އެކްޝަން ޕްލޭން (އާރ.އޭ.ޕީ)، އަދި މި މަޝްރޫޢުތަކުގެ އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ތަންފީޒުކުރުމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:
- އެންވަޔަރަންމެންޓަލް / މެނޭޖްމަންޓް އިންޖިނިއަރިންގ، އެންވަޔަރަންމެންޓަލް ސައިންސަސް، މެރިން ބަޔަލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން؛
- މާސްޓާރސް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މިގޮތުން އެކި މަޝްރޫޢުތަކުގެ އިޖުތިމާޢީ ބައިތަކާގުޅޭ (މަޝްރޫޢުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ އޮނިގަނޑުފަދަ) އެންމެހައި ކަންތައްތައް ސުޕަވައިޒްކޮށް ހިނގާނުހިނގާގޮތް ބެލުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އެންވަޔަރަންމަންޓަލް އެކްސްޕާޓެއްގެގޮތުގައި އެންވަޔަރަންމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވުމަކީ އެދެވިގެންވާކަމެކެވެ.
- އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްލޭންތައް، ތަންފީޒުކޮށް، މޮނިޓަރކޮށް، ސުޕަވައިޒްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާކަމެކެވެ؛
- ވޯރލްޑް ބޭންކުގެ ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މީގެއިތުރުން، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި، މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި، ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާގޮތުގެމަތިންނެވެ.
މަސައްކަތަށް ހޮވޭފަރާތަކަށް، އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި، 25,000 ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ 2016 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އެޑްރެހަށް ލިއުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]
14 ޞަފަރު 1437