ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމު: |
ސިވިލް އެސިސްޓެންޓް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: |
-/3،470 ރުފިޔާ |
ސަރވިސް އެލަވަންސްގެގޮތުގައި މަހަކު: -/1,000 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35 - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
މަޤާމުގެ ޝަރުޠު: |
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ. ސީ. އީ. އޯ-ލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް. އެސް. ސީ. އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. - އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. - މީލާދީގޮތުން 18 އަހަރު ފުރިފައިވުން. - ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކުކަމުގައި ނުވުން. |
|
މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: |
މާލެ |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ. - ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ. - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯޑް ބަލާ ފޯމް. - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. |
|
ސުންގަޑި: |
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޑިސެންބަރު 3 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. - މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ. |
|
ނޯޓް: |
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓުން (www.police.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. |
|
11 ޞަފަރު 1437 |