ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: އޮފިސަރ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: -/4،350 ރުފިޔާއާއި -/5،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ހެޑް އޮފީސް / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: -/1950 ރުފިޔާއާއި -/2700 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
* މެޑިކަލް ޕަރޗޭސް ރިކްއިސިޝަންސް ތައްޔާރުކޮށް ފޮނުވުމާއި، ތަކެތި ގެންގޮސްދިނުމާ ދޭތެރޭ ހިނގާ ހުރިހާ މަސައްކަތްތައް ކުރުން
* އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
ތަޢުލީމީ ތަޖުރިބާ:
* ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއާއި އެސް. އެސް. ސީ. އިމްތިޙާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތީން ފާސްވެފައިވުން.
* މައިކްރޯސޮފްޓް އެކްސެލް އާއި، ވޯޑް ބޭނުންކުރަން އެނގުން.
* އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މަގާމަށް ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:
* ޑޮކްޓަރީ ބޭހުގެ މަޢުލޫމަތު އެނގިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 29 ވާ އާދީއްތަދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ http://www.stomaldives.com/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344261 ވެބްސައިޓް: www.stomaldives.com
11 ޞަފަރު 1437