ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ، ތިރިގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: މެކޭނިކަލް އެސިސްޓެންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: 4690.00 ރުފިޔާ
ވަޒީފާގެ ބާވަތް: 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް
މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ވެހިކަލް ގަރާޖް
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: 1500.00 ރުފިޔާއާއި 2500.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ދާއިމީވުމުން، ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
- ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
- މެކޭނިކަލް މަސައްކަތްތައް ކުރުން.
- ވެހިކަލްތައް ބަލައި ތަޙުލީލުކޮށް މަރާމާތުކުރުން.
ތަޢުލީމާއި ތަޖުރިބާ:
- ޖީ. ސީ. އީ. އޯލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން.
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުން.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 30 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި http://www.stomaldives.com/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް އެސް. ޓީ. އޯ ހެޑް އޮފީސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.stomaldives.com
11 ޞަފަރު 1437