ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ 60ADM/2015/331 ނަންބަރުގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަޤާމް: އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައި، -/4،350 ރުފިޔާއާއި -/5،100 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސް. ޓީ. އޯ. މެޑިކަލް ސަރވިސް އޮފީސް - މާކެޓިންގ
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: -/1،500 ރުފިޔާއާއި -/2،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
* ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
*ހެލްތު ކެއަރ ޕްރޮފެޝަނަލްސްއާ ގުޅިގެން އެސް. ޓީ. އޯ. ގެ މެޑިކަލް ޕްރޮޑަކްޓްސްއާއި ސަރވިސްތައް މާކެޓްކުރުން.
*ބޭސް ސަޕްލައިކުރާ ފަރާތްތަކާއި، ބޭހުގެ ޑޮކްޓަރީ ވިޔަފާރިވެރިންނާ މުޢާމަލާތުކުރުން.
ތަޢުލީމީ ތަޖުރިބާ:
* ޖީ. ސީ. އީ. އޭލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ މާކެޓިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސެޓިފިކެޓް ފުރިހަމަކޮށްފައިވުން.
* އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 1 ވާ އަންގާރަދުވަހު 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ http://www.sto.mv/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344179/3344368 ފެކްސް: 3344041 އީމެއިލް: [email protected]
12 ޞަފަރު 1437