ދިވެހިރާއްޖެ
މިރަށު މަސްޖިދުއް ޞަލާޙުއްދީން އާއި މަސްޖިދުއް ތަޛުކިރާގެ އާބާތުރަ ފިލުވުމަށްޓަކާ ކުރަންޖެހޭ ބައެއް މަރާމާތުތައް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 19 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected]އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
|
ބައްދަލުވުން |
ތާރީޙް |
ގަޑި |
|
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
20 ޖަނަވަރީ 2026 (އަންގާރަ) |
10:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
22 ޖަނަވަރީ 2026 (ބުރާސްފަތި) |
10:30 |
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
