މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ކައުންސިލްގެ މަސް ރޭހުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ދިނުމާއި ގުޅޭ.

އިޢުލާން            

ވާދޫ ކައުންސިލްގެ މަސް ރޭހުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ދިނުމާއި ގުޅޭ.

 

ވާދޫ ކައުންސިލްގެ މަސް ރޭސް ބޭއްވުމާއި ގުޅޭގޮތުން ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)299/299/2025/55(‏09‏ ޑިސެމްބަރ‏ 2025)އިއުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ކައުންސިލްގައި އެދެމުން ދާތީ، ގިނަ ފަރާތްތަކަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން، މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މަސްރޭހުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މިއަދު (2026 ޖެނުއަރީ 08) ގެ 12:30 ގެ ކުރިން  ކައުންސިލަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިހާރު ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ޓީމަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވެލައްވާނަމަ، މި މުއްދަތުގެ ތެރޭގައި އެ ބަދަލެއް ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

08 ޖަނަވަރީ 2026
ހޯދާ