ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
"މައިކްރޯސޮފްޓް ޑައިނަމިކްސް 365 ބިޒްނަސް ސެންޓްރަލް" އަދި "އެލްއެސްރިޓެއިލް"އަށް "ފަންކްޝަނަލް ސަޕޯޓް"ގެ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނީގެ "މައިކްރޯސޮފްޓް ޑައިނަމިކްސް 365 ބިޒްނަސް ސެންޓްރަލް" އަދި "އެލް.އެސް. ރިޓެއިލް ސޮފްޓްވެއަރ"އަށް "ފަންކްޝަނަލް ސަޕޯޓް"ގެ ޙިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް އަގު ހުށަހެޅުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް "ޓެންޑަރ ޕޯޓަލް" ތެރެއިން މަޢުލޫމާތު ކަރުދާސް ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ކޯޓޭޝަނެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
