ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 ޑިސެންބަރު 2015ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޑިސެންބަރު 2015ވާ އަންގާރަދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

މި ސްކޫލަށް ސެކިއުރިޓީ ކުރުމަށް ކަނޑައަޅާފައިވާ އަގަކީ މަހަކު -/15000 ރުފިޔާ

ސްކޫލުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75 މާކްސް

  • ހުށަހަޅާ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15 މާކްސް

  • ތަޖުރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގުމުއްދަތަށް.

(Submitted experience duration / Benchmark experience duration)  x Allocated Percentage

މުވައްޒަފުން

10 މާކްސް

  • ސެކިޔުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން
  • އަންދާސީހިސާބު ހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ.
  • މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކްސް ދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދު ކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ.

(Number of Security Officers / Bench Mark) x Allocated Percentage

10 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ