އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިތުރު 2 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސުން

2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ 56 ރިސޯޓުގެ އިތުރުން، އިތުރު 2 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ރިސޯޓުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ލޯންޑްރީ ބިލްޑިންގުގެ – ބޮޑު މީޓިންގ ރޫމުގައި

މި ފޮށްޓަށް ވޯޓުލާނީ ފުށިވެލަވަރު ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފުށިވެލަވަރު ރިސޯޓް

(ނ. ފުށިވެލަވަރު)

Z57.1.1

1       

ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓަރ ވިލާސްގެ ރިސެޕްޝަން އޭރިއާގައި

 

މި ފޮށްޓަށް ވޯޓުލާނީ ޑައިމަންޑްސް ތުނޑުފުށި އެންޑް ވޯޓަރ ވިލާސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓަރ ވިލާސް

(އދ. ތުނޑުފުށި)

Z58.1.1

2       

ރިޔާސީ އިންތިޚާބުގައި، ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެ ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 50 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާނުގައިވާ 2 ރިސޯޓުން ކުރެ ރިސޯޓެއްގައި 50 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާނަމަ،  އެރިސޯޓުތަކުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

6 ރަމަޟާން 1434

14 ޖުލައި 2013
ހޯދާ