އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2026 ވަނަ އަހަރު މި ކައުންސިލުން ހިނގަމުންދާ އދ.މަންދޫ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީއަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 2026 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް މި އިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 14 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް  ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 ޖަނަވަރީ 2026
ހޯދާ