ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެވެށި އަނިޔާ އާއި ގުޅުންހުރި ތަމްރީނު ޕުރޮގުރާމްގެ ވެނިއު އަދި ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
މި އޮތޯރިޓީގެ ފަރާތުން މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގެވެށި އަނިޔާއާއި ގުޅުންހުރި ތަމްރީނު ޕުރޮގުރާމް ބާއްވާނެ ހޯލު އަދި ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެމައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތުސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2026 ޖަނަވަރީ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުން
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2026 ޖަނަވަރީ 19 ވަނަ ދުވަހުގެ 12:00 އަށް.
- ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
- އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
- ގަޑިއަށް ހާޟިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
07 ޖަނަވަރީ 2026
ހޯދާ
