ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިރަށު މަސްޖިދު އަބީބަކުރު މިސްކިތުގެ ވުޟޫކުރާ ބަޔާއި ފާޚާނާ ތަކުގެ ފެން ވައިރު ބަދަލުކުރުމަށް މިވަނީ ބޭނުން ވެފައެވެ. މިހެން ކަމުން ތިރީގައި މިދަންނަވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުމަށް ދެވޭ މަޢުލޫމާތު:
- މިސްކިތުގެ ފާޚާނާ ތަކަށް ވަޅުފެން ގުޅައިދިނުން
- މިސްކިތުގެ ވުޟޫ ކުރާ ބަޔަށް ވޯޓަރ ސަޕްލައި ފެން ގުޅުން
- މިމަސައްކަތް ކުރުމަށް ފާރުތަކުން ކެޑި ތަންތަން ކުރިން ހުރިގޮތަށް ހެދުން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ކޯޓޭޝަން ހުށަހަޅާ ފޯމް
- ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ކުންފުނީގެ ޕްރޮފައިލް ޝީޓް.
މިކޯޓޭޝަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020، 7916100 އަށް ގުޅުއްވުން އެދެމެވެ.
07 ޖަނަވަރީ 2026
ހޯދާ
