ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނެއް ސިޓީލާ ނީލަމުގައި ވިއްކައިލުން

މިކައުންސިލް އިދާރާގެ "ފުށިފަރު ދޯނި" (ރަޖިސްޓްރީ ނަންބަރ G3020A-02  03J) ގައި ކުރިން ބޭންކުރި އިންޖީން ސިޓީލާ ނީލަމުގައި ވިއްކައިލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 2026 ޖެނުއަރީ  8 ން 19 ގެ 12:00ގެ ނިޔަލަށެވެ. އަގު ހުށަހަޅުއްވާނީ މި އިޢުލާނާ ހީރަސްކުރެވިފައިވާ ފޯމުން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ12:00ގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ފޭސްބުކް ޕޭޖްގައާއި މިއިދާރާގެ ވެބްސައިޓްގައާއި މިއިދާރާގެ ނޯޓިސް ބޯޑުގައި ޝާއިޢުކުރެވޭނެއެވެ.

            އިންޖީނު ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ.

މުހިއްމު މައުލޫމާތު

  • އިންޖީނުގެ މަޢްލޫމާތު:

އިންޖީނުގެ ބްރޭންޑް:

DAEWOO, 6CH 200HP

އުފެއްދި ތާރީޙު:

2005

އިންޖީނާއެކު ހިމެނޭ އިތުރު ތަކެތި:

ޝާފްޓް، ބުރަފަތި

އިންޖީނު މިހާރު ހުރި ތަން:

ވ. ފެލިދޫގައި

 

  • ނީލަމުގެ އަގުގެ މަޢްލޫމާތު:

ނީލަން ފެށޭ އަގު:

130000.00 (އެއްލައްކަ ތިރީސްހާސް) ރުފިޔާ

މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ ޢަދަދު:

5000.00 (ފަސްހާސް) ރުފިޔާ

 

            އަގު ހުށަހެޅުމުގައި ކައުންޓަރުން ފޯމް ބަލައިގަތުމުގެއިތުރުން އީމެއިލާއި ވައިބަރގެ ޒަރީއާއިން ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ.

                   އިންޖީނު ބައްލަވައިލެއްވުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ނީލަމުގެ މުއްދަތުގައި ރަސްމީ ގަޑީގައި މިއިދާރާއާއި ގުޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6700502އާއި ގުޅުއްވުން އެދެމެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޖަނަވަރީ 2026
ހޯދާ